ޤައުމީދުވަސް ފާހަގަ ކޮށްފި

ޤައުމީދުވަސް ފާހަގަ ކޮށްފި

02 November 2019

ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަސް އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެއްމެ ޚާއްސަ ނަމްބަރެއްގެ ގޮތުގައި އޮތީ ދިވެހި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދުއެވެ.

ޤައުމީ ދުވަހު ދިދަ ނެގުމުގެ ރަސްމީއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވުމަށްފަހު ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި، މި ރަށުގެ ރައްޔިތުން މި އަދަށްޓަކައި ފަޚުރުވެރިވާން ޖެހެނީ، ރާއްޖެ ސަލާމަތްކުރެއްވި ފަހުލަވާން މުޙައްމަދު ތަކުރުފާނަކީ މި އިހަވަންދޫ ބަނޑުން ވިހޭ ދަރިއަކަށްވީތީއެވެ. ތަކުރުފާނު މި ދިވެހި އުއްމަތަށާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ނިކުތް ނުކުތުމަކީ މި އިހަވަންދޫގެ ފަޚުރެއް ކަމެވެ. ދިވެހީންގެ ދީނައި މި ވަތަން ކިލަނބު ކުރުމަށް މަދު ބަޔަކު މަސައްކަތް ކުރާއިރު މި ވަޒަނުން އެފަދަކަންތައް ކުށްވެރިކޮށް އިސްވެ ބަސްބުނާ ދަރިން ތިބޭނެ ކަމެވެ. 

ސަރުކާރުން ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަަކަށް އަލިއަޅުވާލަމުން ފާހަގަ ކުރިގޮތުގައި، މަަސައްކަތްތަށް ނުފެށި ލަސްވަނީ ރައްޔިތުން އެއްމެ ބޭނުންވާގޮތަށް ރައްޔިތުންނަށް ވީހާވެސް ފަސޭހަ ލިބިދެވޭނެގޮތަށް މަޗްރޫއުތަށް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުން ދާތީކަމަށެވެ. 

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސަރުކާރު އޮފީސްތަކުގެ ވެރިންނައި މުވައްޒަފުންގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވި މި ރަސްމީއްޔާތު ނިމުނީ 6:10 ގައެވެ. 

ހެނދުނު ގެ ދިދަނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ ހަވީރު އޮތީ ޖޭއޭ މަނަފަރު އިންޓަރ ޑިޕާޓްމެންޓް ފުޓްސލް މުބާރާތުގެ ޗެމްޕިއަން ޓީމާއި، އިހަވަންދޫ ކައުންސިލުން އިންތިޒާމްކުރި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް ގެ ޗެމްޕިއަން އިހަވަންދޫ ޕޮލިސް އައި އެކު ކުޅެވުނު އެކުވެރި ކަމުގެ ފުޓްސަލް މެޗެކެވެ. މި މެޗް ކާމިޔާް ކުރީ ޖޭއޭ މަނަފަރު ޗެމްޕިއަން ފްރޮންޓް އޮފީހެވެ. 

ހަވީރުގެ މި މެޗަށްފަހު ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން އެއްމެ ފަހުން ކުރިއަށް ގެންދެވުނީ، ކަނބަލުންގެ ފުޓްސަލް މެޗެކެވެ. 

ގައުމީ ދުވަުސް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވުނު ކަނބަލުންގެ ފުޓްސަލް މެޗް