އިހަވަންދޫ ބަނދަރު ކޮމެޓީ އިފްތިތާޙު ކޮށްފި

އިހަވަންދޫ ބަނދަރު ކޮމެޓީ އިފްތިތާޙު ކޮށްފި

04 November 2019

އިހަވަންދޫގެ ބަނދަރަށް ރައްޔިތުން އެދޭ ބަދަލު ގެނެސް ދެއްވާނެކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފާއިވާ ވަޢުދާއި އެއްގޮތަށް ރަށުގެ ބަނދަރުގެ މަސައްކަތް ހިނގަމުންދާ ގޮތް ވިލަރެސް ކުރުމަށް ކައުންސިލްގެ ފަރާތުން ބަނދަރު ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އުފައްދާ އިފްތިތާޙް ކޮށްފިއެވެ. 17 އޮކްޓޯބަރ 2019 ވީ ބުރާސްފަތި ދުވަހު ބޭއްވުނު އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 86 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެލެއްވި ކައުންސިލް މެމްބަރުންގެ އިއްތިފާގުން ބަނދަރު ކޮމެޓީއަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ:

1. ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު / ރާނާގެ، ހއ. އިހަވަންދޫ

2. ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް ޢަލީ ރަމީޒު / އެންދެރިމާގެ، ހއ. އިހަވަންދޫ

3. ކައުންސިލަރ އަލްފާޟިލް އަޙްމަދު ރިޟްވާން / ހޯރަ، ހއ. އިހަވަންދޫ

4. ކައުންސިލަރ އަލްފާޟިލް މުޙައްމަދު މަފާޒު / ޖަންބުމާގެ، ހއ.އިހަވަންދޫ

5. ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޚަލީލް / ސަލްސަބީލުގެ، ހއ. އިހަވަންދޫ

6. އަލްފާޟިލް ޢަލީ އިބްރާޙީމް / ރަޙްމާނިއްޔާ، ހއ. އިހަވަންދޫ

7. އަލްފާޟިލް އަޙްމަދު އަލީ / ގިނިރާހިގެ، ހއ. އިހަވަންދޫ

8. އަލްފާޟިލް މުންޒިރު އަބޫބަކުރު / ވައިލެޓްވިލާ، ހއ. އިހަވަންދޫ

9. އަލްފާޟިލް އާދަމް މޫސާ / އުދަރެސް، ހއ. އިހަވަންދޫ

10. އަލްފާޟިލް މޫސާ ހުސައިން / ފީރޯޒްގެ، ހއ. އިހަވަންދޫ

11. އަލްފާޟިލް އިބްރާޙީމް ރަޝީދު / ހަވީރީގެ، ހއ. އިހަވަންދޫ

12. އަލްފާޟިލް އިބްރާހީމް ޝަރީފް / ފުރުއްމާގެ، ހއ. އިހަވަންދޫ

 

ބަނދަރު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި، ބަނދަރު މިހަރު ނުފެށި އޮންނަ އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އަވަހަށް ފެށޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ބަނދަރުގެ މިހާރުގެ ކޮންސެޕްޓަށް ރައްޔިތުން ހުށަހަޅާ ބަދަލު ގެނެސްދިނުމަށް ސަރުކާރުގައި ދެންނެވުމަށްވެސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ މެމްބަރުން ވާހަކަފުޅު ދައްކާފައެވެ.