ހޯމް މިނިސްޓަރާއި ސީޕީ އިހަވަންދޫ ކައުންސިލަށް

ހޯމް މިނިސްޓަރާއި ސީޕީ އިހަވަންދޫ ކައުންސިލަށް

14 November 2019

ރާއްޖޭގެ ދާޚިލީ ވަޒީރު އައްޝައިޚު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު އިހަވަންދޫ ކައުންސިލައި ބައްދަލުކޮށްފިއެވެ. ހއ. އަދި ހދ ގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އިހަވަންދޫ ކައުންސިލައި ބައްދަލު ކުރެއްވީ ނޮވެމްބަރ 14ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ ގިނަބޭފުޅުންނައި ކައުންސިލްމެމަބރުންގެ އިތުރުން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެ ލެއްވިއެވެ. 

މި ބައްދަލުވުމުގައި، އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިހުންގެ އައުއިމާރާތުގެ މަސައްކަތް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝަްވަރާ ކުރެވިފައިވެއެވެ. ރަށުގެ ތަފާސް ހިސާބަށް އަލި އަޅުވާލައްވާ އިހވަންދޫގެ އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ފުލުހުންގެ ދައުރު ބޮޑުކޮށްދިނުމަށް ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު އެދިލެއްވިއެވެ 

ހޯމް މިނިސްޓަރާއި ސީޕީ ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާ ކުރަނީ

ހޯމް މިނިސްޓަރާއި ސީޕީ ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާ ކުރަނީ

އަދި ކައުންސިލަށް ހުރި ގޮންޖެހުންތަކައި އިދާރާގެ ވަސީލަތްތަކައި، ކައުންސިލަށް ލިބެން ހުރި ރަށްވެހިކަމުގެ އިތުރު ޚިދުމަތްތައް ރަށުގައި ގާއިމު ކުރުމައި ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވި ގޮތުގައި އިހަވަންދޫ ކައުންސިލުން އިހަވަންދޫ ޕޮލިހުންނައި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ، މި ގޮތަށް މަސައްކަތް ކުރެވޭ ކައުންސިލްތަށް ރާއްޖޭގައި މަދުކަން ފާހަގަ ކުރައްވާ މިރަށުގެ ޕޮލިސް ކުރާ މަސައްކަތުގެ ވާހަކަތައް އެހެން ޕޮލިސްސްޓޭޝަން ތަކައި ޚިއްސާކުރާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިހަވަންދޫ ގައި އަޅާ ފުލުހުންގެ މަރުކަޒު އަންނައަހަރުގެ ބަޖެޓްގައި ހިމަނާ އިސްކަންދޭ ރަށެއްގެ ގޮތުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަން ހިމަނާދެއްވާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ. 

ދަޢުލަތުގެ ބަޖެޓަށް އަންނަ ބަދަލާއި ކައުންސިލްތަކަށް ލިބޭނެ ބާރާއި، ގުޅޭގޮތުން ހޯމް މިނިސްޓަރ ވަނީ ކައުންސިލްތަކުގެ ދުވެލި ހަރުދަނާ ކުރުމައި ގުޅޭގޮތުން އެލް.ޖީއޭއިން ކުރަމުންއަންނަ މަސައްކަތް ހިއްސާ ކުރައްވާފައެވެ. 

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ހުށަހެޅި ކަންކަމައި މެދު ފުންކޮށްވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅުވާދެއްވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.