ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމު ކޮށްފި

ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމު ކޮށްފި

27 November 2019

އިހަވަންދޫން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް ކުރިމަތިލުމަށް 08 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް 26 ނޮވެމްބަރ 2019 ވަނަ ދުވަހު ވަނީ ކައުންސިލް އާއްމު ކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ލިޔުމުން ހުށަހަޅަން ޖެހެއެވެ.

ވަގުތީ ލިސްޓް ބެއްލެވުމުގެ އިންތިޒާމް އިހަވަންދޫ ކައުންސިލްގެ އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓްގެ އިތިރުން ކައުންސިލްގެ އިދާރާގެ ރަސްމީ ފޭސްބުކު ޕޭޖުން ބެއްލެވޭނެއެވެ.

ގޯތި ލިބޭފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، ޑިސެމްބަރ 10ވަނަ ދުވަހާ ހަމައަށް ލިބޭ ޝަކުވާތަކަށް ބެލުމަށްފަހުއެވެ. 

ބަންޑާރަ ގޯއްޗަށް އެދި 457 މީހުން ކުރިމަތި ލާފައިވާއިރު، މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 200ގޯއްޗެވެ. 

 

ވަގުތީ ލިސްޓް