އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެފަހުގެ އަދާހަމަ

އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެފަހުގެ އަދާހަމަ

03 February 2020

އިހަވަންދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ، އެކަމަށް އެދި ކުރުމަތިލައި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް، ބަންޑާރަ ގޯތި ދޫކުރުމުގެ މަގު ޗާޓާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މި ކައުންސިލުން ވާނީ ވަރަށް ގިނަގުނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ކުރެވުނު މަސައްކަތުން މިއަދާ ހަމައަށް އައި އިރުވެސް މާލެ ސިޓީ ކައުންސިލުން ލިބެންޖެހޭ މައުލޫމާތު ލިބިފައި ނުވާތީ މަގު ޗާޓާއި އެއްގޮތަށް ގޯތިލިބޭ ފަރާތްތަކާއި ގޯތި ލިބޭކަން އަންގައިދޭ ލިޔުން ހަވާލުކުރުމުގެ މަސައްކަތް އަދި ކުރިއަށް ގެންދެވިފައި ނުވާކަން ފާހަގަ ކުރަމެވެ. ބަންޑާރަ ގޯއްޗައް އެދި ކުރިމަތިލި 457 ފަރާތުގެ މައުލޫމާތު ރާއްޖޭގައި މީހުން ދިރި އުޅޭހުރިހައި ރަށަކުން ސާފް ކުރުމަށްޓަކައި، ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރެވުނު ދުވަހު ވާނީ ފޮނުވިފައެވެ. އެހެން ނަމަވެސް ބައެއް ރަށްރަށުން މައުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށްބޮޑަށް ލަސްވެފައިވާކަން ފާހަގަ ކުރެވެއެވެ. މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ މައުލޫމާތު ކުރިއަށް އޮތް 2 ދުވަހެއް ތެރޭ ލިބިގެން ދާނެ ކަމަށް ބެލެވެއެވެ. އެ މައުލޫމާތު ލިބުމާއެކު ބަންޑާރަ ގޯތި ދޫކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ބާރު ސުޕީޑްގައި ކުރިއަށް ގެންދެވި ފެބްރުއަރީ މަހުގެ ނިޔަލަށް ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވެވޭނެއެވެ.

މިހާތަނަށް މައުލޫމާތު ސާފްކުރެވުނު ރަށްތައް
ހއ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ހދ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ށ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ނ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ރ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ބ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ޅ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ކ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
އއ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
އދ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ވ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
މ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ފ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ދ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ތ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ލ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ގއ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ގދ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ޏ. އަތޮޅު  މައުލޫމާތު ސާފްކުރެވިފަ
ސ. އަތޮޅު  މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މައުލޫމާތު ސާފްކުރެވިފަ
ހައުސިންގ މިނިސްޓްރީ  މައުލޫމާތު ސާފްކުރެވިފަ
އެޗް.ޑީ.ސީ  މައުލޫމާތު ސާފްކުރެވިފަ
މާލޭ ސިޓީ ކައުންސިލް  އަދި މައުލޫމާތު ލިބިފަ ނުވޭ !