އޭޒޯން ލައިސަންސް ދޫކުރުމަށް ޓްރެކެއް އަޅަނީ

އޭޒޯން ލައިސަންސް ދޫކުރުމަށް ޓްރެކެއް އަޅަނީ

31 March 2020

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދުއްވޭގޮތަށް ޓްރާންސްޕޯޓް އޮތޯރިޓިން ދޫކުރާ އޭ ޒޯން ލައިސަންސް ރަށުގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކައުންސިލުން ތައްޔާރުވާން ފަށާފިއެވެ. ޚިދުމަތް ދިނުމަށް އަޅަންޖެހޭ ޓްރެކް ބިން ސާފުކުރުމަށް ތަނުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުމަށް އިޢުލާން ކޮށްފައިވާ އިރު މިކަމަށް ބޭނުންވާ ބަޖެޓް ވެސް ވަނީ 2020 ވަނަ އަހަރުގެ ކައުންސިލުން ފާސްކުރި ބަޖެޓްގައި ހިމަނާފައެވެ. މީގެ އިތުރުން ލައިސަންސް ޕްރިންޓް ކުރުމަށް ބޭނުންވާ އެއްމެހާ އިކްއިޕްމެންޓް ތައްވެސް ވަނީ ހަމަކޮށްފައެވެ. 

ކުރިންވެސް ރަށުގައި ބީ ޒޯން ލައިސަންސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތްއިރު މި ޚިދުމަތް ލިބިގަންނަ ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބީ ޒޯން ލައިސަންސުން އޭ ޒޯން ލައިސަންސްގެ ބޭނުންވާ ރައްޔިތުންނަށް މި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން އަންނައިރު، އޭ ޒޯން ލައިސަންސްގެ ޚިދުމަތް އަތޮޅުން ލިބެނީ ހަމައެކަނި އަތޮޅު ކައުންސިލުންނެވެ.