ކައުންސިލްގެ ބައްދަލުވުމެއް ވަގުތުން ގެނެސްދީފި

ކައުންސިލްގެ ބައްދަލުވުމެއް ވަގުތުން ގެނެސްދީފި

31 March 2020

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނު 7/2010 އަށް ގެނެވިފައިވާ 8 ވަނަ އިސްލާހާއި އެކު ކައުންސިލްތަކަށް މިވަނީ ގިނަ ބާރުތަކެއް ދިނުމަށް ނިންމާފައެވެ. މާލީ ބާރުވެރިކަމުގެ އިތުރުން އިދާރީ ބާރުވެރިކަން ކައުންސިލްތަކަށް ވަނީ ކައުންސިލްތަކުގެ އިޚްތިޔާރަށް ދޫކޮށްލާފައެވެ. ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީވެސް ރައްޔިތުންނައި ސީދާ ގުޅުންހުރި ނިންމުންތަކަކަށް ވާއިރު އެ ނިންމުންތަށް ނިމިގެން އަންނަ ގޮތާއި މެމްބަރުންގެ ޚިޔާލައި ވޯޓް ދޭ ގޮތް ވީހާވެސް ދެފުއް ފެންނާނެހެން އޮތުމީ މިހާރު މި ދެވުނު ބާރާއި އެކު ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުތަކެއްގެ ގޮތުގައި ހެދުމަށް ކައުންސިލުން މިވަނީ ނިންމާފައެވެ.

ކައުންސިލްގެ 102 ވަނަ އާއްމު ބައްދަލުވުން 

ރައްޔިތުންނާއި ސީދާ ގުޅުން ހުރި މުޙިއްމު ނިންމުން ތައް ނިންމާ ޖަލްސާތައް ލައިވު ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ކައުންސިލްގެ 102 ވަނަ އާއްމު ބައްދަލުވުން މިވަނީ ލައިވް ކޮށްފައެވެ. މި ބައްދަލުވުމުގައި، މިފްކޯ އައިސްޕްލާންޓް ރައްޔިތުންގެ ނަމަށް ބަދަލުކޮށް އެތަނައި ހަވާލުވުމަށާއި، ގެދޮރު އެޅުމާއި، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ލުއި ލޯން ދިނުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

މި ބައްދަލުވުމުން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް ހަދަންޖެހޭ އުސޫލުތަށް މިހާރުދަނީ ހަދަމުންނެވެ.