ކައުންސިލް ކަޕް 2020 ފަށައިފި

ކައުންސިލް ކަޕް 2020 ފަށައިފި

07 September 2020

އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މި އަހަރުވެސް ބާއްވާ ނިންމާ، މި މުބާރާތް ވަނީ މި މަހުގެ 5 ވަނަ ދުވަހު ފަށާފައެވެ. މި މުބާރަތަކީ، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުސަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފާ ވާއިރު، މުބާރާތުގައި ވާދަކުރަނީ، އެފް.ސީ ބޮޑުމަގު، ނިކަ، ޖަންގަލް، ސެންސިޓީ، އަރާދުވާ، ކުޅިމަގު އަދި  ގަބީލާ ގެ އިތުރުން ވީ.ކޭ.ޖީ އެވެ. 

މި މުބާރާތް ކުރިއަށް ދާނީ، ދެ ގުރޫބަކަށް ބާހާލެވިގެން ޕޮއިންޓް ސިސްޓަމަށެވެ. 

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ވައިރަހުގެ ސަބަބުން ދިމާވެފައިވާ އިޣުތިސާދީ ހީނަރުކަމުގެ ތެރޭގައިވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ހަމަޖެއްސީ ސްޕޮންސަރުންގެ ފަރާތުން ދެއްވި ދީލަތި އެހީއާއި, ޓީމްތަކުން މި މުބާރާތް ބާއްވާ ދިނުމަށް އެދެމުން ދާތީއެެވެ. 

މި މުބާރާތުގެ މިފަހަރުގެ މެއިން ސްޕޮންސާރައަކީ، މި ފަހުން ޓޭކް އަވޭގެ ޚިދުމަތް ރަށަށް ތާޢާރަފް ކުރި ބާބަކިއު ހަޓެވެ. މީގެ އިތުރުން، ކޯރ ސްޕޮންސާރަގެ ގޮތުގައި ހޯމް ކަލެކްޝަން ބާއިވެރި ވެފައިވާއިރު، މީޑިއާ ޕާރޓްނަރ އެއްގެ ގޮތުގައި އޭ.އެސް.ޕީ ސްޓޫޑިއޯ އިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގެ ގޮތުގައި، މިފްކޯ، ރޯޔަލް ގާރޑެން އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.  އެވެ. 

މި މުބާރާތުގައި މިހާތަނަށް 6 މެޗް ކުޅެފަވާއިރު، މިއަދުވެސް މި މުބާރާތުގައި 3 މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 11ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ.