އާމިނާދިޔޯ ސިއްޙީ މަރުކަޒު އަޕްގުރޭޑްކޮށް ހޮސްޕިޓަލަކަށް

އާމިނާދިޔޯ ސިއްޙީ މަރުކަޒު އަޕްގުރޭޑްކޮށް ހޮސްޕިޓަލަކަށް

11 September 2020

ކޮންޓްރެްކްޓާރ ފައިނޭންސް އުސޫލުން ހއ. އިހަވަންދޫ އާމިނާދިޔޯ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަށް އައު އިމާރާތެއް އަޅާދޭނެ ފަރާތެއް ހޯދުމަށް އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަށް ހުޅުވާލާފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހުގެ ރިޔާސީ ވައުދުގެ ދަށުން، އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިންގޭ މަޝްރޫއެކެވެ. 

އާމިނާ ދިޔޯ ސިއޚީ މަރުކަޒު އަޕްގުރޭޑް ކުރުން 

މިއީ ގައްލަންދޫ ކަނޑު ހުރަސްކޮށް، ސިއްޚީ އެކިއެކި ބޭނުމަށް އިހަވަންދޫ އައި އިހަވަންދިއްޕޮޅުގެ ރައްޔިތުން އުފަލަމުންދިޔަ ނާމާން ބިރުވެރި ހާދިސާތަކަށް ނިމުމެއް ގެނެސްދޭނެ މަޝްރޫއެކެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. 

ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ހޮސްޕިޓަލަކަށް ބަދަލުކުރެވޭނެ ޖާގަ އޮތް ބިމެއް މި މަޝްރޫއު ކުރިއަށްގެންދިއުމަށް ކައުންސިލުން ވަނީ ހަމަޖައްސާ ދީފައެވެ. މި ބިން އޮންނާނީ، އަލިހަނދުވަރު ހިނގުމާއި، ހިންނަމަގާއި، އެއް އިންވެގެން، ސްކޫލް އެކްޓިވިޓީ ގުރައުންޑުގެ ހުޅަނގުންޒުވާނުން މަރުކަޒުގެ އުތުރުގައެވެ.

ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މި މަޝްރޫއު އަވަސްކުރުމަށް ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާއުގެ އިސްނެންގެވުމުގެ މަތިން، މި މަހުގެ 7 ވަނަ ދުވަހު ވަނީ، ކައުންސިލް އިދާރާ އާއި މަރުކަޒު އަދި މެމްބަރު ހިމެނޭ ގޮތަށް އޮންލައިން މީޓިންގ އެއްބާއްވާ މި ކަމާގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.