ހޯމް ކަރަންޓީންގައި ތިބި 7 މީހަކު ކޮވިޑް 19 އަށް ފައްސި ވެއްޖެ

ހޯމް ކަރަންޓީންގައި ތިބި 7 މީހަކު ކޮވިޑް 19 އަށް ފައްސި ވެއްޖެ

12 September 2020

ހޯމް ކަރަންޓީންގައި ތިބި 7 މީހަކު ކޮވިޑް 19 އަށް ފައްސި ވެއްޖެއެވެ. ފައްސިވެފައިވާ 7 މީހުންގެ ތެރެއިން 6 މީހުންނަކީ ބަންގުލަދޭޝް މީހުންނެވެ. މި މީހުންނަކީ ސުކޫލް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް އެސްކޮން ބިލްޑާރސްގެ ފަރާތުން މާލެއިން އިހަވަންދޫއަށް އައިސްފައިވާ ފަރާތްތަކެކެވެ. ކޮވިޑަށް ފައްސިވި ދިވެއްސަކީވެސް މާލެއިން އިހަވަންދޫއަށް އައިސްފައިވާ ފަރާތެކެވެ.މިފަހަރު ފައްސިވި 7 މީހުންނާއިއެކު އިހަވަންދޫއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 12 އެވެ. ކުރިން ފައްސިވި 5 މީހުން ރަނގަޅުވެގެންވަނީ ދޫކޮށްލައިފައެވެ.

އަލަށް ފައްސިވި 7 ފަރާތަކީވެސް ހޯމް ކަރަންޓީންގައި ތިބި ބައެއްކަމުން އެ ފަރާތްތަކާ އެހެން ބަޔަކު ކޮންޓެކްވެފައެއް ނުވެއެވެ.

އިހަވަންދޫ އިން ކޮވިޑް 19 އަށް 7 ފަރާތެއް ފައްސިވުމާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެއިންބޭރަށް ނިކުމެ އުޅޭ ހުަރިހައި ފަރާތްތަކުން މާސްކު އެޅުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.