ކުނިއުކާދިނުމަށް ތައްޔާރުވަނީ

ކުނިއުކާދިނުމަށް ތައްޔާރުވަނީ

16 September 2020

ކުރިން ، ފެނަކަ އިހަވަންދޫ ބްރާންޗުން ދެމުންދިޔަ ކުނި ނަގާއިދިނުމުގެ ހިދުމަތް ހުއްޓާލުމައި ގުޅިގެން، ގޭ ބިސީތަކުގައި ހިމެނޭ ކުނި ނަގާދިނުމުގެ މަސައްކަތް ކައުންސިލްގެ ފަރާތުން ފެށުމަށް ވަނީ ނިންމާފައެވެ. މި ޚިދުމަތަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ޚިދުމަތަކަށްވާތީ، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކައުންސިލުން ގެންދަނީ ކުރަމުންނެވެ.

ކުނިއުކާދިނުމުގެ ޚިދުމަތަށް ގޭ ބިސީތައް ރަޖިސްޓްރީވުމަށް މިހާރު ވާނީ  ހުޅުވާލާފައެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް ކައުންސިލްގެ ނަމްބަރު 6500013 އަށް ގުޅުއްވާ ނަންނޯޓް ކުރެވޭނެއެވެ. 

މި ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ފެށޭ ޚިދުމަތަކަށްވާތީ، ފީ ނެގުމުގައިވެސް ވީހާވެސް ކުޑަފީއެއް ނެގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ގެތަކެއް މި ޚިދުމަތަށް ރަޖިސްޓްރީ ކޮށްފިނަމަ ކުޑަ އަގެއްގައި މި ޚިދުމަތް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. 

މި ޚިދުމަތް ފެށުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތައް ބޭނުންވާ ވެހިކަލް ހޯދުމަށާއި މުވައްޒަފުން ހޯދުމަށްވެސް ވަރަށް އަވަހަށް ހުޅުވާލާނެއެވެ. މި ޚިދުމަތުގައި ވީހާވެސް ގިނަ ގެތައް ރަޖިސްޓްރީ ވުމަކީ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.