ޣާޒީ ފުޓުބޯޅަދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ޣާޒީ ފުޓުބޯޅަދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

30 September 2020

އިހަވަންދޫގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ޤާއިމްކޮށްދޭނެ ކަމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެ ލައްވާފައިވާ ވައުދާ އެއްގޮތަށް، 120 ދުވަސްތެރޭ ޣާޒީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމުމަށް އިއްޔެ ހަވާލުކޮށްފިއެވެ.

9 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 9 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ. މި 9 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30,851,212.02 މިލިއަން ރުފިޔާއަށެވެ.  ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ.

އިހަވަންދޫގައި އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމްކޮށްދެއްވުމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ކައުންސިލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ.

ފަހުގެ ޚަބަރުތައް