ބާބެކިއު ހަޓް ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ހަރަދު ތަފްސީލް ހާމަކުރުން

ބާބެކިއު ހަޓް ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ހަރަދު ތަފްސީލް ހާމަކުރުން

30 September 2020

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށް ކޮންމެ އަހަރަކު އެއްފަހަރު ރަށުގެ ޒުވާނުންނަށް އަމާޒްކޮށްގެން ބާއްވާ ފުޓްސެލް މުބާރާތް ކުރިއަށް ގެންދިއުމަށް މިއަހަރު ހަރަދުކުރެވުނު ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ. މި މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ސެޕްޓެމްބަރ 5 ކުން 11 އަށް ފުޓް ސެލް ދަނޑުގައެވެ. ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކޮށް، ފައިނަލްގައި ޖަންގަލް އަދި އެންވީކޭ ބައްދަލުކުރިމެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެންވީކޭ އިންނެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގައި ސުޕޮންސަރުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކުރަމެވެ. މި ގޮތުން ސުޕޮންސަރުންގެ ފަރާތުން މުބާރާތް ކުރިއަށް ގެންދިއުމަށް 13,150 ރުފިޔާ ލިބިފައި ވެއެވެ. އަދި މުބާރާތުގެ އިންތިޒާމްތަކަށް ކައުންސިލް ބަޖެޓުން ހަރަދުކުރީ 6,477.37 ރުފިޔާ އެވެ. މުޅި މުބާރާތަށް ޖުމްލަ ހަރަދުވެފައިވަނީ 19,627.37 ރުފިޔާއެވެ.

 

ފަހުގެ ޚަބަރުތައް