ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އިހަވަންދޫ އަށް

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އިހަވަންދޫ އަށް

04 October 2020

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒާހިރު އަލީ، ކައުންސިލާއި އޮންލައިންކޮށް ބައްދަލުކުރައްވާ އިހަވަންދޫގައި ކީރިތި ޤުރުއާނައި ބެހޭ މަރުކަޒުގެ ގޮތްޕެއް ހައްދަވާ ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ. 

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއުގެ އިސްނެންގެވުމަށް، މިނިސްޓަރާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމަކީ، މިފަދަ ހާލަތެއްގައި، ސީދާ މިނިސްޓަރަށް ކައުންސިލްގެ އަޑު އިއްވާއިދެއްވުމަށް މެމްބަރު ހޯއްދަވާ ދެއްވި ފަހި ފުރުސަތެކެވެ. 

މި ބައްދަލުވުމުގައި، ރަށުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި، ޚަތީބުންނާއި ޖަމާއަތްތެރިން ތަމްރީން ކުރުމާއި، މިސްކިތްތައް އާބާތުރަ ފިލުވުމާއި، މިސްކިތްތައް ބެލެހެއްޓުމަށް މަދުވާ މުވައްޒަފުން ހޯދުމާއި ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވާރާ ކުރެވިފާވެއެވެ. 

އިހަވަންދޫއަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރައްވާ، ދީނީ ޢިލްމާއި ތަމްރީން ދޭނެ މަރުކަޒަކަށް އިހަވަންދޫ ރައްޔިތުން ބޭނުންވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ. 

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގިނަ ކަންކަމަށް އަވަސް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. 

ފަހުގެ ޚަބަރުތައް