އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އަޅަނީ

އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އަޅަނީ

04 October 2020

ހއ. އަތޮޅުގައި އެއްރަށެއްގައި އެއްމެ ގިނަ ރައްޔިތުން އުޅެމުން އަންނަ އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ނިންމާ އެކަމަށްބޭނުންވާ ބިން ވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސާފައެވެ. މިހާރު ބޭނުން ކުރަމުންދާ އިމާރާތުގެ ޖާގައިގެ ތަނަވަސްކަން ކުޑަވުމާއި، އިތުރު ވަޞީލަތްތަތއް ގާއިމް ކުރުމަށް ދަތިވުމާއި، ޕޮލިހުންގެ އަދަދު އިތުރު ކުރެވޭނެ ޖާގަ ނެތުމުން، އައު ޕޮލިސް އިމާރާތެއް ހޯދުމަށް އެދި އިހަވަންދޫ ޕޮލިހުން އަންނަނީ ކައުންސިލްގައި ތަކުރާރުކޮށް އެދެމުންނެވެ. 

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ދާޚިލީ ވަޒީރު އައްޝައިޚު އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އިހަވަންދޫ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި، އައު ޕޮލިސް ސްޓޭޝަނެއް އަޅުއްވާދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ. 

 

ދުނިޔެއަށް ދިމާވި ޚާޢްސަ އިޤްތިޞާދީ ހާލަތާއި ގުޅިގެން މި މަސައްކަތަށް މަޑުޖެހުމެއް އައިސްފައި ވީނަމަވެސް، މި އިމާރާތް އެޅުމަށް ކުރަންޖޭހޭ އިދާރީ މަސައްކަތްތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގެންދަވީ ކުރައްވަމުންނެވެ.  

މިއީ، މިފަދަ ބޮޑު އާބާދީއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖްތިމާއީ ގުޅުންވަރުގަދަ ކުރުމަށް، ފުލުހުންނަށް ލިބޭ އިތުރު ލުއިފަސޭހައަކަށް ވެގެން ދާނެއެވެ. 

 

 

ފަހުގެ ޚަބަރުތައް