އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ އެއަރޕޯޓްގައި ޖެޓީއެއް އަޅަން ނިންމައިފި

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ އެއަރޕޯޓްގައި ޖެޓީއެއް އަޅަން ނިންމައިފި

05 October 2020

ހއ. އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ އެއާޕޯޓަށް ވަކިން އަރައި ފޭބޭނެ ގޮތް ހެދުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާރޕޯޓަށް އަރައިފޭބޭނެ ގޮތެއް އަތޮޅުގެ އެހެން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ވަކިން ފާލަމެއް އެޅުމާއިމެދު ސަރުކަރުގެ ވިސްނުން ހުރިގޮތެއް އޮޅުން ފިލުވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތަށް ރައީސަށް ހިއްސާކުރައްވައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

އެއަރޕޯޓް ބޭނުންކުރާ ދަތުރުވެރިންނަށް ތަކްލީފެއްނެތި އެއަރޕޯޓްގެ ބޭނުން ހިފޭނެގޮތަށް ފާލަމެއް އެޅުމަށް ކުރެވުނު މަސައްކަތުގައި ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއި، ރަށްރަށުގެ ރަށުކައުންސިލްތަކުންނާއި އަދި އަތޮޅުކައުންސިލުން ކުރެއްވި މަސައްކަތް ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝީފާއު މިކަމަށް ދެއްވި އަހްމިއްޔަތު ފާހަގަކޮށް، އިހަވަންދިއްޕޮޅު ސަރަހައްދު އިޤްތިސާދީ ހަބަކަށް ހެދުމަށް މެމްބަރު ކުރައްވާ ބުރަ މަސައްކަތަށް ކައުންސިލުން ޝުކުރު ދަންނަވަމެވެ.

ފަހުގެ ޚަބަރުތައް