ފެނަކަ އިހަވަންދޫ އޮފީސް އަޅަން ބަޔަކާ ހަވާލުކޮށްފި

ފެނަކަ އިހަވަންދޫ އޮފީސް އަޅަން ބަޔަކާ ހަވާލުކޮށްފި

07 October 2020

ހއ. އިހަވަންދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށް ހިންގާ ބޮޑު ޕްރެޖެކްޓް ތެރޭ ހިމެނޭ، ފެނަކަ އައު އޮފީސް އިމާރާތެއް އެޅުމަށް، އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑާއި މިއަދުވަނީ  ޙަވާލުކޮށްފައެވެ. މިއީ ތަނުގެ ޚިދުމަތްތަށް ފުޅާކުރުމާއި ކަސްޓަމަރުންނައި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ފެނަކައިން އެޅުމަށް ނިންމާފައިވާ އިމާރާތެކެވެ. 

މި އިމާރާތް އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ވަނީ ހަމަޖައްސާދީފައެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ. މިހާރުގެ އިންޖީނުގެ ގޭގެ ހުޅަނގު އުތުރު ކަންމަތިން އާމިނާދިޔޯ ހެލްތް ސެންޓަރުގެ ކުރިމައްޗަށްވާ ގޮތަށެވެ. 

120 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ ޖުމްލަ އަގު 6 މިލިއަން ރުފިޔާއަށް އަރައެވެ. 

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާންގިއެއް ހެދުމާއި،  އައު އިންޖީނުގެ އެއް ހެދުމާއި، 1 މެގަވޯޓުގެ އިންޛިނެއް ގެނައުމާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ކަރަންޓް ސެޓޭބަލް ކުރުމަށް މިހާރުވަނީ ވަކި ފީޑަރެއް އަޅާފައެވެ.

ފަހުގެ ޚަބަރުތައް