2020 ވަނަ އަހަރުގެ ފުރަތަަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހެޅި ކައުންސިލްތަކުގެ ތެރޭ އިހަވަންދޫ ކައުންސިލް ހިމެނިއްޖެ

2020 ވަނަ އަހަރުގެ ފުރަތަަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހެޅި ކައުންސިލްތަކުގެ ތެރޭ އިހަވަންދޫ ކައުންސިލް ހިމެނިއްޖެ

11 October 2020

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުންހިންގުމުގެ ޤާނޫނު ) ގެ 108 މާއްދާއާއި 109 ވަނަ މާއްދާގައި ވާގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެކުރިން، އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތި ކޮށްފައިޗާ ޒިންމާއެކެވެ.

މި ގޮތުން ފޮނުވަންޖެހޭ ރިޕޯޓް ފޮނުވި ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ވަނީ ހިމެނިފައެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހއ. އަތޮޅުން މި ރިޕޯޓް ފޮނުވާފައިވަނީ 10 ކައުންސިލަކުންނެވެ. ރިޕޯޓް ނުފޮނުވާ ކައުންސިލްތަކުގެ ތެރޭގައި ހޯރަފުށީ ކައުންސިލް، ތަކަންދޫ ކައުންސިލް، ބާރަށު ކައުންސިލް އަދި ކެލާ ކައުންސިލް ހިމެނެއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކައުންސިލްތަކުގެ ހިންގުންތެރިކަން ދަރަޖަކުރުމުގައި ޤަނޫނުން ލާޒިމްކޮށް ވަކިމުއްދަތެއްގެ ކުރިން ފޮނުވަންޖެހޭ ލިޔުންތައް ފޮނުވާފައިވާ ކައުންސިލްތަކަށް ޕޮއިންޓް ލިބޭނެ ގޮތައް އުސޫލުތައްވަނީ  ޤާއިމްކޮށްފައެވެ.

ފަހުގެ ޚަބަރުތައް