ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

13 October 2020

އޮފީސް އިމާރާތުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހެނދުނު 8:45 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިފަދަ ކަންކަން ކުރިއަށް ގެންދެވޭނީ ވަރަށްގިނަ ބަޔަކު ލާމެހި ގުޅިގެން ކަމަށާ މިއީ އެއްވެސް ބަޔަކު އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކޮށްގެން، ފުރައްސާރަކޮށްގެން ކުރިއަށްގެންދެވޭނެ ކަންކަން ނޫންކަން ދުނިޔެވާ ހުރިހާ ގޮތަކުން ސާބިތުވާ ކަމަށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސްއާއި މެމްބަރުން ފެނަކަ ކޯޕަރޭޝަންއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެއްވެސް ތަކުލީފެއް ނެތި މިއަދާހަމައަށް ވާސިލް މިވެވުނީ ކައުންސިލުން ރައްޔިތުންނާމެދު ވަރަށް ޕޮޒިޓިވްކޮށް ދެކޭތީ ކަމަށެވެ. އިހަވަންދޫގެ ކަރަންޓުގެ ނެޓުވޯކު އެޗް ވީ ނެޓުވޯކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފައްޓާފައިވާކަން ފާހަގަ ކުރައްވަމުން ވަރަށް އަވަހަށް ރަށުގެ ނެޓުވޯކު އެޗްވީ ނެޓުވޯކަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މަސްވެރިންނަށް ރަށުގެ ޖެޓީއިން ކަރަންޓާއި ބޯފެން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސާދެއްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ފަހުގެ ޚަބަރުތައް