މިސްކިތްމަގު މައިޒާން ތަރައްޤީކުރުމުގައި ކޮރަޕްޝަންގެ ކުށެއް ނުވާކަމަށް އޭސީސީ އިން ނިންމައިފި

މިސްކިތްމަގު މައިޒާން ތަރައްޤީކުރުމުގައި ކޮރަޕްޝަންގެ ކުށެއް ނުވާކަމަށް އޭސީސީ އިން ނިންމައިފި

25 October 2020

މިސްކިތްމަގަށް ނިސްބަތްވާ ޒުވާނުންތަކެއް އިސް ނަގައިގެން، އެ ސަރަހައްދުގައި ރައްޔިތުންނަށް ހިތްފަސޭހަންކަން ލިބޭނެގޮތަށް ތަރައްޤީކޮށްފައިވާ މައިޒާން  ތަރައްޤީކުރުމުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް އޭސީސީ އިން ނިންމައިފިއެވެ.

މި މައްސަލައަކީ މިސްކިތްމަގު މައިޒާން ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކައުންސިލުން ހަރަދުކޮށްފައިވާ ކަމަށްބުނެ އާއްމު ފަރާތަކުން އިހަވަންދޫ ކައުންސިލާއި ދެކޮޅަށް އޭސީސީއަށް ހުށައަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ކޮރަޕްޝަންގެ ކުށެއް ނުހިމެނޭކަމަށް ކޮމިޝަނުން ނިންމީ 19 އޮކްޓޫބަރ 2020 ވަނަ ދުވަހު އެކަން ބަޔާންކޮށް ކައުންސިލަށް އެންގި އެންގުމުގައެވެ.

މިސްކިތްމަގު މައިޒާނަކީ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި އާއިލާއާއިއެކު އުފާވެރި ވަގުތުތަކެއް ހޭދާކޮށްލެވޭނެ ގޮތައް މިސްކިތްމަގު ޒުވާނުން ތަރައްޤީކޮށްފައިވާ ތަނެކެވެ. މިތަން ތަރައްޤީ ކުރުމަށް ކައުންސިލްގެ ފަރާތުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކައުންސިލުން ހިންގާ ވަރަށްގިނަ ހަރަކާތްތައް އޭސީސީއަށް ހުށައަޅަމުން ގެންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއަދާހަމައަށް މިއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެއެވެ.

ފަހުގެ ޚަބަރުތައް