ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި

ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި

31 October 2020

އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) ޖަމިއްޔާ ގުޅިގެން ބޭއްވޭ އަންހެނުންގެ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވިފައިވަނީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު އަދި ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން އިހަވަންދޫގައި އަލަށް ތަރައްޤީކުރެވުނު ވޮލީ ކޯޓުގައެވެ. މުބާރަތް ފެށުމުގެ ގޮތުން އަލަށް ތަރައްޤީ ކުރެވިގެން ދިޔަ ވޮލީ ކޯޓް އިފްތިތާހް ކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއި އަދި އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުގެ އެއް މުއައްސިސް މުޙައްމަދު ޢަބްދުﷲ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ އެން.ވީ.ކޭ. ޖަންގަލް އަދި ޤަބީލާ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި އެން.ވީ.ކޭ އަދި ޤަބީލާ ބައްދަލުކުރި މެޗް ފޯރުގަދަ ކުޅުމަކަށްފަހު ކާމިޔާބު ކޮށްފައިވަނީ އެން.ވީ.ކޭ އެވެ. މި މުބާރާތުގެ މެޗުތައް 7 ނޮވެމްބަރާ ހަމައަށް ކުރިއަށްދާނެ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ފަހުގެ ޚަބަރުތައް