އޮފީސްތަކުގެ މުބާރާތް - ވާދަވެރި ސެމީފައިނަލަކަށް

އޮފީސްތަކުގެ މުބާރާތް - ވާދަވެރި ސެމީފައިނަލަކަށް

18 November 2020

އިހަވަންދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤުސަދުގައި ކައުންސިލުން ބާއްވަމުން އަންނަ އޮފީސްތަކުގެ 3 ވަނަ ފުޓްސަލަ މުބާރާތް ނޮވެމަބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ވަނީ ފަށާފައެވެ. 

އޯޝަން ގޭޓް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގައި މިފަހަރު 5 ޓީމަކުން ވާދަކުރެއެވެ. ފެނަކަ އިހަވަންދޫ ބްރާންޗް ގެ ޓީމަކާއި، އިހަވަންދޫ ޕޮލިސް ގެ ޓީމަކާއި ، އިހަވަންދޫ ސްކޫލްގެ ޓީމަކާއި އާމިނާދިޔޯ ހެލްތްސެންޓަރާއި ބޭންކް އަދި އަސްޕްލާންޓް އެކުވެގެން އުފައްދާފައިވާ ޓީމެއްގެ އިތުރުން  ކައުންސިލާއި ކޯޓް އެކުވެގެން އުފައްދާފާއިވާ ޓީމެވެ. 

 

މި މުބާރާތުގައި  މި ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ރެއާ ހަމައަށް ގްރޫޕްސްޓޭޖްގެ މެޗްތައް ވަނީ ނިންމާލާފައެވެ. މި މުބާރާތުގައި އެއްމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނަގައި ފެނަކަ އޮތް އިރު ދެވަނާގައި އޮތީ އިހަވަންދޫ ސްކޫލެވެ. ވިދިވިދިގެން ދެފަހަރު މި މުބާރަތުގެ ތަށިއުފުލާލި އިހަވަންދޫ ޕޮލިސްއެވެ އޮތީ ޕޮއިންޓް ޓޭބަލްގެ 3 ވަނާގައެވެ. ސެމީގެ ފަހު ޖާގަ ކަށަވަރުކޮށް އައި.ބީ.އޭ އޮތީ 4 ވަނާގައެވެ. މި މުބާރާތުގައި ކައުންސިލް،ކޯޓް ޓީމް އޮތީ 5 ވަނާގައެވެ. 

 

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަށް 2020 ނޮވެމްބަރ 18 ވަނަ ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފެނަކަ  އާއި އިހަވަންދޫ ޕޮލިސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އިހަވަންދޫ ސްކޫލާއި އައިބީއޭ (އައިސްޕްލާންޓް، ބޭންކް އަދި ސިއްޚީމަރުކަޒުގެ ޓީމް) އެވެ. 

މި މުބާރާތުގެ ސެމީގެ މެޗުތަކަށް އޮފީސްތަކުން އަންނަނީ ތަފާތު ހަރަކާތްތަށް ހިންގަމުންނެވެ. ފޭސްބުކު މެދުވެރިކޮށް ސަޕޯޓް ހޯދުމަށް ވަރުގަދަ ކެމްޕޭންތަކެއް ދަނީ ކުރަމުންނެވެ. މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެ މެޗަކީވެސް ފޯރިގަދަ ދެ މެޗަށްވެގެން ދާނެއެވެ. 

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2020 ނޮވެމްބަރ 20 ވަނަ ދުވަހުއެވެ. 

ފަހުގެ ޚަބަރުތައް