ޕްލާސްޓިކް މަދުކުރުމުގެ އަމާޒު

ޕްލާސްޓިކް މަދުކުރުމުގެ އަމާޒު

04 October 2019

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ. . މި ޕްރޮގްރާމް ފައްޓަވާ ދެއްވާ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ޔޫ.އެން ގައި ތަޤުރީރު ކުރައްވާ ވާހަކަ ދައްކަވަމުން، 2023 ގެ ކުރިން ރާއްޖޭގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ހިފާފައިވާ އަމާޒަށް ރައްޔިތުން ހޭނުވުމާށް ކައުންސިލުން ޕްލާސްޓިކް މަދުކުރުމަށް އެކިއެކި ހަރަކާތްތަށް ކުރިއަށް ގެންދާވަނެކަން ވަނީ ފާހަގަ ކޮށްފައެވެ. 

މި ޕްރޮގްރާމްގެ ދަށުން، އިހަވަންދޫގައި ހުރި ސަރުކާރުގެ އޮފީސްތަކައި ކުންފުނި ތަކުގައި މަސައްކަތް ކުރާ އެއްމެހާ މުވައްޒަފުންނަށް ވަނީ ފުޅި ހަދިޔާކޮށްފައެވެ. މި ރަސްމިއްޔާތުގައި، އޮފީސްތަކުގެ އެއްމެ އިސްވެރިން އަދި ކައުންސިލް މެމްބަރުން ބައިވެރިވެ ލެއްވިއެވެ.