ކުނިކޮށި ބެލެހެއްޓުމަށް އައު މުއައްޒަފެއް ނަގާއިފި

ކުނިކޮށި ބެލެހެއްޓުމަށް އައު މުއައްޒަފެއް ނަގާއިފި

27 October 2019

ކުުނިކޮށީ މެނޭޖްކޮށް، ކުނި އުކަން އަންނަ ފަރާތްތަކަށް އެހީތެރިވުމަށް ކައުންސިލްގެ ފަރާތުން މުވަޒަފެއް ހަމަޖައްސާފިއެވެ. ކުރިން ކުނިކޮށި ބަލަހައްޓަމުންދިޔަ ހއ. އިހަވަންދޫ ޖަވާހިރުމާގެ އަބްދުލް ޢަލީމް ޙަސަން އެ ވަޒީފާއިން ވަކިވުމުން، ކުނި ކޮށި ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނައި ގުޅިގެން ކުރިމަތި ލާފައިވާ ދެ މުވައްޒަފުންނައި އިންޓަވިއު ކުރުމަށްފަހު ކުނިކޮށި ބަލަހައްޓާދޭނެ މުވައްޒަފަކަށް ހަމަޖެހިގެން ދިޔައީ ހއ.އިހަވަންދޫ ތިކުރީތު ޢަލީ ޢަބްދުއް ޞަމަދެވެ. 

އިހަވަންދޫ ކުނިކޮށްޓަކީ ދުވާލެއްގެ މައްޗަށް 8 (އަށެއް) ޓަނު ކުނި ޖަމާވާ ކުނި ކޮށްޓެކެވެ. އަދި މި ކުނިކޮށްޓަކީ ކުނިކޮށި ހެދި އިރުން ފެށިގެން ކުނިތައް ނަގާ ސާފުކޮށްފައިނުވާ ކޮށްޓެކެވެ. މި ތަން މެނޭޖް ކުރުމުގައި ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. 

ކުނި މެނޭޖް ކުރަން ފަސޭހަ ކުރުމުގެ ގޮތުން، ކުނިކޮށްޓަށް ކުނިއެޅޭނެ ވަގުތުތަކެއް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެއީ ހެނދުނު 8:00 ން 11:00 އަށް. އަދި މެންދުރު ފަހު 14:00 ން 18:00 އަށެވެ. މި ނޫން ވަގުތު ތަކުގައި ކުނިއެޅުމަކީ މަނާކަމެކެވެ.